މާލެއަށް މިއަދު އިހުސާސްކުރެވޭ ހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް އަރާ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މާލެ ސަރަހައްދަށް މިއަދު 11:00 ހާއިރު، 37 ޑިގްރީއަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ގޮސްފައިވާއިރު، މި ހޫނުމިން މާލެ ސަރަހައްދަށް 14:00 އާއި ހަމައަށްވެސް ދެމިގެން ދިޔައެވެ. މުސުމާއި ބެހޭ ގައުމީ އިދާރާއިން ކޮންމެ ދުވަހަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިނިހޫނުމިން ހުރި މިންވަރާއި އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނިހޫނުމިން ހުރި ވަރުގެ ތަފްސީލްތައް އާންމުކުރެއެވެ.
އިހުސާސް ކުރެވޭ ހޫނުމިން ދެން އެންމެ މައްޗަށް ގޮސްފައިވަނީ، ހދ. ހަނިމާދޫއަށެވެ. މިއަދު 11:00 ގައި އިހުސާސް ކުރެވޭ ފިނި ހޫނުމިން 34.5 ޑިގްރީ ސެލްޝިއަސްގައި ހުރިނަމަވެސް 14:00 އާއި ހަމައަށް މިއަދަދު ވަނީ 37.1 ޑިގްރީއަށް މައްޗަށް ޖެހިފައެވެ.
ހަނިމާދޫ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނު މިން ހުރީ 34.5 ޑިގްރީ ސެލްސިއަސްގައެވެ. ކައްދޫ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 34.8 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކާޑެއްދޫ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން 35 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ސ. ގަމު ސަރަހައްދުގެ ފިނިހޫނު މިން ހުރީ 33.9 ޑިގްރީ ސެލްސިއަސްގައެވެ

.jpg&w=256&q=75)
