logo

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނި ގޮތުގައި، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، ހިތިގަސްމަގުން ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ވަނީ ހުއްޓުވާފައެވެ.

އެ ސައިކަލު ހުއްޓުވައި، ސައިކަލު ދުއްވަން އިން މީހާގެ އަމަލުތައް ހުރިގޮތުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. ޖެންޝަން، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އަޙްމަދު އާލިޝް ޢާޞިމް ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި ސައިކަލު ދުއްވި މައްސަލައާއި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ފުލުހުން ދަނީ ވަކި ދެ މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

ad