logo

މިސަރުކާރުގެ ފެންވަރު ފެންނާނީ ބޭރުމަގުން، އަމީނީ މަގަކީ އެމްޑީޕީގެ ފެންވަރު: މުއްތަލިބް

އާމިނަތު މޫސާ
14 ގަޑިއިރު ކުރިން

މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފެންވަރު ފެންނާނީ މާލޭގެ ބޭރުމަގުން ކަމަށާއި، އަމީނީ މަގުގެ މަސައްކަތުން ފެންނަނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ފެންވަރު ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް އާރުޑީސީން ކުރިއަށް ގެންދިޔައީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު އިންޑިއާއިން މެނުއަލް މެޝިނެއް ގެނެސްގެން ކަމަށެވެ.

އަދި އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދަން ނިންމީ ކޮން އުސޫލަކުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އަމީނީ މަގުގެ އެ ސެގްމަންޓުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. ނަމަވެސް މަގު ބަންދުކޮށްފައި ނުބޭއްވުމަށްޓަކައި އެ މަސައްކަތް ނިންމުމުގެ ފުރުސަތު ދެއްވީ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އާރުޑީސީން އަމިއްލައަށް ތާރުއެޅުމުގެ ކެޕޭސިޓީ ހުރި ކަމަށް ނިންމައިގެން ކުރި މަސައްކަތުގެ ނަތީޖާ މިއަދު އަމީނީ މަގުން ފެންނަން އޮތް ކަމަށާއި، އެއާ ޚިލާފަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފެންވަރު ރައްޔިތުންނަށް ސާފުކޮށް ފެންނާނެ ކަމަށެވެ.

ad