މާލެއާއި ހުޅުމާލޭގައި ޕާކް ކުރުން މަނާ މަގުތަކެއް ކަނޑައަޅައި އެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކް ކުރާ ފަރާތްތަކާއި މެދު ފިވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިގޮތުން ޕާކް ކުރުން މަނާ މަގުތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅފައިވަނީ މާލޭގެ މަޖީދީ މަގާ ސޯސަން މަގާއި އަމީނީ މަގާ ބޮޑުތަކުރުފާނު މަގެވެ. މި މަގުތަކުގެ އިތުރުން ،ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައިވެސް ވަނީ ޕާކް ކުރުން މަނާ މަގުތަކެއް ކަނޑައަޅާފައެވެ. މިގޮތުން ފޭސް 1ގެ ބޯށިމާ ހިނގުމާއި ސައިމާ ހިނގުން، ނިރޮޅު މަގު،ހަނދުވަރީ ހިނގުން ހިތިގަސް މަގު އަދި ބަގީޗާ ހިނގުމުގައިވަނީ ޕާކް ކުރުން މަނާކޮއްފައެވެ. ހަމަމިޔާއި އެކު ފޭސް 2ގެ ގުލްއަލާ ހިނގުން،ނިރޮޅުމަގު ބެރެބދިމާ ހިނގުމާ ހިތިގަސް މަގުގައިވެސް ވަނީ ޕާކްކުރުން މަނާ ކޮއްފައެވެ. މިމަގުތަކަކީ މިހާރުވެސް މަގުގެ ދެފަރާތުގައި ޕާކް ކުރަމުން އަންނަ މަގުތަކެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓްރެފިކް ގަވާއިދާ ޚިލާފަށް އަމަލު ކުރާ ފަރާތް ތަަކށް އެކަމާ ގުޅޭ އެންގުންތައް އަންގާނީ އެސްއެމްއެސް އަދި އީމއެއިލް މެދުވެރިކޮށް ކަމަށެވެ. އެހެން ކަމުން އެކި ކަންކަމާ ގުޅެ ގޮތުން އަންގާ އެންގުންތައް ސީދާ އެފަރާތައް ލިބުމުގެ އިންތިޒާމް ހަމަ ޖެއްސުމަށް ޓަކައި މިހާރު ބޭނުން ކުރާ ފޯން ނަންބަރާއި އީމެއިލް އެޑްރެސް މިނިސްޓްރީގެ ސިމްސް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ޓްރާންސްޕޯޓުން އިލްތިމާސް ކުރެއެވެ.
މިގަވައިދަށް އަމަލު ކުރަން ފަށާނީ 21 އޮކްޓޫބަރ 2026 ވާ ބުދަ ދުވަހުން ފެށިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

