logo

ބޮޑު ތަކުރުފާނު މަގުގަ އެބަހުރި އެކޮނޮމިސްޓެއް، އެއީ ފައްކާ ބުރާންޗެއް: މެމްބަރު ފަލާހް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގަ ޕިއެންސީ ހަރުގެ ކައިރީގަ ހުރި ގެއެއްގަ އިކޮނޮމިސްޓެއް އެބަހުރި ކަމަށާއި، އެއީ ބޮޑު ބުރާންޗެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ޕީއެންސީން ރޭގަ ބޭއްވި ފޯރިދަދަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ޕީއެންސީ ޖަގަހަ ހުންނަ ބޮޑުތަކުރުފާނު މަގުގަ ބޮޑު އެކޮނިމިސްޓެއް ހުރި ގެއެއް ހުރި ކަމަށެވެ.

މެމްބަރު ފަލާހް އިކޮނިމިސްޓެކޭ ވިދާޅުވެ ފާޑުކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. ރޭގަ ޖަލްސާގައި ފަލާހް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ފާހަގަކުރެއްވީ 500 މިލިއަން ޑޮލަރު ދަރާފައިވާ ލޯނުތަކަށް ދެއްކީ މުޅިން އެހެން ގޮތަކަށް ކަމަށް ހަދަން ވާހަކަދެއްކިއިރު ހަނގީގަތް ހާމަވިމަ އެކަން ރަނގަޅަށް އެނގޭނެ ކަމަށެވެ.

ކޮންމެ ކަމެއްވެސް އޮޅުވާލަނީ ކަމަށާއި، އެހެންކަމުން ބޮޑު ދަރަނި އަދާނުކުރެވޭނެކަމުގެ އުފާވެރިކަމުގަ ލީޑަރުންތިބީ ސަލަވަތްކިޔަވަކިޔަވަ ކިޔަވަ ކިޔަވަކިޔަވާ ތިއްބާ އެކަންވެސް މި ސަރުކާރުން ނިންމީ ކަމަށެވެ ެ.

ފަލާހް ވިދާޅުވީ ދަރަނިތައް ދައްކާފައިވަނީ އިތުރަށް ދަރަނިވެރިވެގެން ނޫން ކަމަށާއި، ރާއްޖޭން ލިބެންހުރި ހަކަތަ ބޭނުން ކޮށްގެން ކަމަށެވެ. ރައީސް ޔާމީން އަކީ ބްރާންޗެއް ނޫން ނަމަ އޭނާ އަށްވެސް އެކަން އެގޭނެ ކަމަށެވެ. މިއީ ސީދާ ދިވެހި ރައްޔިތުން ގުބޯ ހައްދަން އެމަނިކުފާނު ދައްކާ ވާހަކަތަކެއް ކަމަށް ފަލާހް ވިދާޅުވިއެވެ.

އިތުރަށް ފާޑުވިދާޅުވެ ފަލާޙް ފާހަގަ ކުރެއްވީ މިއަދު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ ރައީސް ޔާމީން އިންނަވާނީ މާފުށީ ޖަލުގައި ކަމަށެވެ. ނަމަވެސް، އެމަނިކުފާނަށް މިއަދު ގޭގައި ހުރެވެނީ މި ސަރުކާރުގެ ހިތްތިރިކަމާއި އޯގާތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ޝަރުޢީ ދާއިރާ މިނިވަން ނުވާނެ ކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.ރޭގެ ޖަލްސާގައި ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައިވެއެވެ.

ad