logo

ގެދޮރު ވެރިކަމާއި ބެހޭ ފޯމް ތައް އަޅާފައިވާ ލޮކަރުތަކެއް ހުޅުވު މައްސަލައެއް ބަލަން ފަށައިފި

މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ބިނާރާއި ގެޮރުވެރިކަމާއި އުމްރާނި ތައްރައްގީއާއި ބެހޭ ވުޒާރާގައި ހުރި ރަސްމީ ލިޔެކިއުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރި ކަމަށް އެ ވުޒާރައިން މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގައި ބަހައްޓާފައިވާ ގޯތިތަކާއި ބެހޭ ފޯމްތަކެއް އަޅާފައިވާ ލޮކަރު ތަކެއް ސެޕްޓެމްބަރު 25 ވަނަ ދުވަހު 19:18 އެހާކަށްހާއިރު، ހުޅުވާފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ހުށަހެޅުމުން ގޮސް ބެލި ކަމަށާއި، ނަމަވެވެސް ފުލުހުންގެ ހާޒިރުގައި އެ ވުޒާރާގެ މުއްވައްޒަފުން ގޮސް ޗެކް ކުރިއިރު އެއްވެސް ލިއުމެއް ނުވަތަ އެހެން އެއްވެސް އެއްޗެއް މަދުވެފައި ނުވާކަން ޔާގީންވެފައިވާ ކަމަށެވެ.

ad