logo

މިނިވަންކަންމަތީ ދެމިތިބުމަށް ސިފައިންގެ ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ: ރައީސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ.

ޝަހީދުންގެ ދުވަހާ ގުޅޭ ލަވައެއްގެ ބައެއް ޙިއްސާކުރައްވައި ކުރެއްވި މި ޕޯސްޓުގައި ރައީސް ވަނީ މި ލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުންއެދި ދުޢާކުރައްވާފައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަތިހު ސްރީލަންކާގެ ޕްލޮޓް ޖަމާޢަތުގެ ޢުދުވާނީ ޙަމަލާތަކާ ދިވެހި ސިފައިން ކުރިމަތިލާންޖެހުނީ ކުށްލިއަކަށެވެ. އެފަދަ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ އެއްވެސް މައުލޫމާތެއް ދިވެހި ސިފައިންނަށް ކުރިން ލިބިފައެއްނުވެއެވެ.

ސްރީލަންކާގައި ހަރަކާތްތެރިވަމުންދިޔަ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޮޓް"ގެ ހަނގުރާމަވެރި ސިފައިން ކުއްލިއަކަށް މާލެ އަރައިގަތުމުން ދިވެހި ސިފައިން 18 ގަޑިއިރު ބާޣީންނާ ހަނގުރާމަކުރިއެވެ.

ދިވެހި ސިފައިންގެ ކުރިމަތީގައި ބާޣީން ބަލިކަށިވެ، ދިވެހި އަސްކަރިއްޔާގެ މައި ޢިމާރާތުގެ ތެރެއަށް ވަނުމަށް ބާޣީން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައިވަނީ ދިވެހި އަސްކަރިއްޔާގެ ހިކުމަތްތެރިކަމާއި، ދިވެހި ޤައުމަށްޓަކައި ޝަހީދުވި ދިވެހި ސިފައިން ވެވަޑައިގެންނެވި ޤުރުބާނީގެ މަތިވެރިކަމުގެ ސަބަބުންނެވެ.

ad