ފުވައްމުލަކުގެ ކުނި މެނޭޖް ކުރަން ޖަޕާނުން ބޮޑު އެހީއެއް ދީފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެ ސިޓީ ކައުންސިލުން މިހާތަނަށް ކުރި މަސައްކަތުން، ޖަޕާނު ސަރުކާރުގެ އެހީގައި ގެނައި ކޮމްޕޯސްޓުކުރާ މެޝިން ވެމްކޯ ސައިޓަށް މިހާރު ވަނީ ގެންދެވިފައި ކަމަށާއި،އެ މެޝިންބޭނުންކޮށްގެން ކޮމްޕޯސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވެމްކޯއިން ކަމަށެވެ.
މެޝިން ވެމްކޯ ސައިޓަށް ގެންދިއުމުގައި ފުވައްމުލައް އެސް.ޓީ.އޯއާއި ހެވީ ފޯސް އަދި ސިޓީ ކޮންޓްރެކްޓަރގެ ފަރާތުން ލިބުނު އެހީތެރިކަމަށް އެ ކައުންސިލުން ވަނީ ޝުކުރުވެސް އަދާ ކޮށްފައެވެ.

.jpg&w=256&q=75)
