logo

އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މަޒީ
2 ގަޑިއިރު ކުރިން

އަދާލަތު ޕާޓީ، 25،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

އެ ޕާޓީ ޖޫރިމަނާކުރީ 2024 ވަނަ އަހަރުގެ އެ ޕާޓީގެ އޮޑިޓް ރިޕޯޓު، މިދިޔަ އޮކްޓޫބަރު ފަހެއްގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮށްފައިވާ ހުރިހާ ޚަރަދުތަކުގެ ތަފުޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެއެވެ. އެހެންނަމަވެސް، އަދާލަތުގެ އޮޑިޓް ރިޕޯޓު، އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރު ނުކުރެވޭކަމަށް ފާހަގަކޮށްފައިވެއެވެ.

އަދާލަތު ޕާޓީ ޖޫރިމަނާކުރިއިރު، ޖުމުލަ 6086 މީހުން އެ ޕާޓީގައި އެބަތިބި ކަމަށް އީސީން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ދައްކައެވެ.

ad