ސްޓޭޓްފާމާ އިން ީ ބޭސް ލިބުމުގަ ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތުގެ ދަށުން ބ. އަތޮޅު އޭދެފުށީ ކައުންސިލާއި ބައްދަލުކޮށްފިއެވެ.
ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު އާއި އެ ކުންފުނީގެމެނޭޖްމަންޓުން ވަނީ ބ. އަތޮޅު އޭދެފުށީ ކައުންސިލާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ، ކައުންސިލުން ވަނީ ބޭސް ލިބުމުގަޔާއި ދާއިމީ ބައްޔަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ބޭސް ލިބުމުގެ ދިމާވަމުންދާ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
މިކަމާއި ގުޅިގެން، އެ ކުންފުނީގެ އެމްޑީވަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުންފުނިން ގެންގުޅޭ ޙާއްސަ ޕްލޭނާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރަށްރަށުގައި ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައިވާއިރު، މި ބައްދަލުވުމުގައި އިިތުރަށް ވަނީ، ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް އެ ކުންފުނިން ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު އިތުރަށް ހިއްސާކޮށް ، އަހުލުވެރި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާކޮށްފައެވެ.

.jpg&w=256&q=75)
