logo

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބު ކުރިއަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ދ. މީދޫ ކައުންސިލް ރައީސް ހޮވަން ބާއްވާ ދެވަނަ ބުރުގެ ވޯޓްލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވޯޓުލުން ފެށީ ހެނދުނު 8:00 އިން 4:00 އަށް ކަމަށެވެ. މިދޫގައި ވޯޓް ލިބުމުގެ ހައްގު 1049 މީހަކަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ.

މި އިންތިހާބުގައި 3 ފޮއްޓެއް ބަހައްޓާފައި ވެއެވެ.

މީދޫ ކައުންސިލް ރައީސް އެއް ހޮވުމަށް ބޭއްވޭ މި އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި 2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެންނެވެ.

އެގޮތުން އެޕްރީލް 4 ގައި ކުރިއަށްދިޔަ ކައުންސިލް އިންތިހާބުގައި ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ ޢަދަދު ވަނީ އެއްވަރުވެފައިވާތީއެވެ.
މި އިންތިޚާބުގައި ވާދަ ކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެނޑިޑޭޓް ސުހާ އާއި، މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ކެނޑިޑޭޓެް ޝާހިދުއެވެ. ޝާހިދާއި ސުހާ އަށް ވެސް އޭރު ލިބުނީ 392 ވޯޓެވެ.

މި އިންތިޚާބުގައި ވޯޓުލުން އެރަށުގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ބަހައްޓާފައިވާ ފޮށި ހުރީ ދަރުމަވަންތަ ސްކޫލުގައެވެ.

ad