އަލިމަސް ކާނިވާ ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖްގެ މަތިން ދަގަނޑު ޓްރަސް އަޅައިގެން ހަދާފައިވާ ބައިތައް ފީވެ، ހަލާކުވެގެން އޭގެ ބައެއް ބައިތައް ވެއްޓެމުންދާތީ އެ ސަރަހައްދަށް ވަދެ ނުކުމެވާ މީހުންނާއި ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްޓޭޖްގެ ދަގަނޑުން ހަދާފައިވާ ބައިތައް ރޫޅާލާ އެތަކެތި ނަގާ ތަން ހުސްކުރުމުގެ ކުރަމުންދާ ކަމަށެވެ.
އެ ސަރަހައްދުގައި މިހާރު އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް އެތަކެތީގެ ވެރިފަރާތްތަކުންނާއި ވެހިކަލްތައް ދުއްވާ އަދި ބަލަހައްޓަވާ ފަރާތްތަކުން ސްޓޭޖް ރޫޅާލުމުގެ މަސައްކަތް ނިމެންދެން ނަގައި، 25 އޮގަސްޓްގެ 23:30 ގެ ކުރިން ތަން ހުސްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މީގެއިތުރުން، ކާނިވާ ސްޓޭޖް ސަރަހައްދު ރޫޅާލުމުގެ މި މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދަށް ހިނގާ މީހުންނާއި ދުއްވާ އެއްޗެހި ވަދެ ނުހެދުމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށް އަންގާ އިއުލާންކޮށްފައެވެ.

