logo

ފުލުހުން ޢަބްދުﷲ ޝާހިދު ދިރިއުޅުއްވާ ރަސްމީ ގެ، ހ. ރަބީއީ މަންޒިލް މިރޭ ބަލައި ފާސްކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
10 ގަޑިއިރު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޢަބްދުﷲ ޝާހިދު ދިރިއުޅުއްވާ ރަސްމީ ގެ، ހ. ރަބީއީ މަންޒިލް ފުލުހުން ބަލާ ފާސްކޮށްފިއެވެ.

ގިނަ ޢަދަދެއްގެ ފުލުހުން އެގެއަށް ވަދެ ނިކުމެވީތަން ފެންނަ ވީޑިއޯ/ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ނަމަވެސް މިކަމާ ގުޅިގެން މީޑިއާތަކުން ފުލުހުންގެ މީޑިއާ ގްރޫޕުގައި ކުރަމުންދާ ސުވާލުތަކަށް ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޢަބްދުއްﷲ ޝާހިދު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ މިހާރުވަނީ ބެކެނިވެރިއެއްގެ ބެކުމުގެ ދަށުން ފެމިލީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ad