ގދ. ތިނަދޫ ސިޓީގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފި އެވެ.
މައްސަލައަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ 2024 ވަނަ އަހަރު މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލައިގެ ތަހުޤީޤަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ސަޢުދު ޢަލީ، ވަނީ 17 މޭ 2021 ފެށިގެން ގދ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުރެ، ގދ. ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބުމަށް ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ ދަށުން ފުރިހަމަވާންޖެހޭ ޝަރުޠު (ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10,000 ފުރިހަމަވާ ރަށެއް ގޮތުގައި ދެއްކުމުގެ ގޮތުން، ސޮއިކޮށް އެލްޖިއޭ އަށް ސިޓީ ފޮނުވާފައެވެ.
އަދި އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންގެ މަޢުލޫމާތާއި، ޞައްޙަކަން ކަށަވަރުނުކުރެވޭ މަޢުލޫމާތު ހިމަނާފައިވާ ކަމަށާއި، ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ޞައްޙަ ލިސްޓެއް ހިއްސާކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލްގައި އެދުމުން ވެސް އޭނާ ސޮއިކޮށް ފޮނުވި ސިޓީއާއެކު ލޯކަލް ގަވަރމަންޓު އޮތޯރިޓީއާ ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މަޢުލޫމާތާއި، އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ގދ. ތިނަދޫގެ އާބާދީއަކީ 10,150 (ދިހަ ހާސް އެއް ސަތޭކަ ފަންސާސް) މީހުންކަމަށް ބުނެ، ޞައްޙަނޫން ލިސްޓެއް ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ހިއްސާކޮށްފައިވާތީ ކަމަށް ޕިޖީން ވަނީ ބުނެފައެވ.
އެހެންކަމުން އަސާސީ އަދަބެއްގެ ގޮތުން 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއި، އެކު ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުންމުން ދައުވާ ކުރެވޭނެ ކަމަށެވެ.
އަދި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަސް ވެސް ދައުވާގައި ބަޔާން ކޮށްފައި ވެއެވެ.

.jpg&w=256&q=75)
