logo

ރާއްޖޭގެ ތާރީޚުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑެތި ވަޤްފު މަޝްރޫޢުތައް މިވަގުތު ދަނީ ކުރިއަށް: މިނިސްޓަރު ޝަހީމް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
17 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ތާރީޚުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑެތި ވަޤްފު މަޝްރޫޢުތައް މިވަގުތު ރާއްޖޭގައި ކުރިއަށްދާ ކަމަށާއި، ޢަމަލީ ގޮތުން މަސައްކަތް ވަނީ ފެށިފަ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާއި ބެހޭ ވަޒީރު ޝަހީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ އޮތް ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ވަޒިރު ވިދާޅުވީ ި. ދާރުއްސަލާމް ބިލްޑިންގ، ދާރުލްއަރުޤަމް ބިލްޑިންގ، ކުޅުދުއްފުށި ވަޤްފު މަޝްރޫޢު، ތިނަދޫ ސިޓީ ވަޤްފު މަޝްރޫޢު، ގއ. ވިލިނގިލި ވަޤްފު މަޝްރޫޢު އަދި އައްޑޫ ސިޓީ ވަޤްފު މަޝްރޫޢު ހިމެނޭހެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއުތައް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖެ ނުވަސަތޭކަ އަހަރު ވަންދެން، އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތީ ވަރަށް ގިނަ ސަބަބުތަކާއިހުރެ ކަމަށެވެ. ފުރަތަމަ ކަމަކީ ﷲގެ ފަޟުލުވަންތަކަން ކަމަށާއި، ދުނިޔެވީ ސަބަބުތަކަށް ބަލާއިރު، އެންމެ ފުރަތަމަ ސަބަބަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް އޮތް ލޯތްބާއި މަތިވެރިި ޤަދަރު ކަމަށެވެ. ދެވަނަ ސަބަބަކީ ވޭތުވެދިޔަ 900 އަހަރުގެ ތެރޭގައި ދިވެހި ދަޢުލަތުން އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި ގެންގުޅު ހަރުދަނާ ސިޔާސަތުތައް ކަމަށެވެ.

އަދި ދީނީ ގޮތުންނާއި މިނިވަންކަމުގެ ގޮތުން މި ޤައުމަށް ގޮންޖެހުން ކުރިމަތިވާ ކޮންމެ ހިނދެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކުރުވަނީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އިސްލާމްދީނުގެ މަތިވެރި އަޤީދާގައި ހިފަހައްޓައިގެން ތިބެ، ދިވެހި ޤައުމު އަނބުރާ އިސްލާމްދީނުގެ ހިދާޔަތުގެ ތެރެއިން ގެންނަނީ ލޮބުވެތި ރައްޔިތުންގެ ވަރުގަދަ ޖިހާދުން ކަމަށެވެ.

ޒަކާތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފާހަގަ ކުރެއްވީ ދިވެހިރާއްޖޭގެ މާޒީވި ތާރީޚުގައި ޒަކާތާއި ބެހޭ ޤާނޫނެއްގެ ތެރެއިން ޒަކާތުގެ ކަންކަން އިންތިޒާމު ކުރެވިފައެއް ނެތް ކަމަށާއި، ޒަކާތަށް ޤާނޫނެއްގެ ތެރެއިން ވަކި އިދާރާއެއް ޤާއިމުކުރެވިފައެއް ނެތް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިކަން ބަޔާން ކުރެވި، އެކަމަށް ޢަމަލީ ސިފަ ގެނެވި، ޒަކާތަށް ވަކި ޚާއްސަ އިދާރާއެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވި، ޒަކާތް އިންތިޒާމުކުރުމަށް ވަކި ޤާނޫނެއް އެކުލަވާލެވި އެކަން ޢަމަލުކުރެވެމުން އެބަދާ ކަމަށެވެ. ނަތީޖާއަކީ ޒަކާތުގެ ނިޒާމަށް އޮތް އިތުބާރު ބޮޑުވެ، އޭގެ ނަފާ ދިވެހި ޤައުމަށް ލިބިގެންދާކަން ކަމަށެވެ.

ު ޒަކާތުގެ ޚާއްސަ ސްކޮލަރޝިޕް މިދިޔަ އަހަރުން ފެށިގެން ވަނީ ދޭން ފަށާފައި. އޭގެ ނަތީޖާއަކީ އިސްލާމީ އިދާރާތަކާއި، އިސްލާމީ މުއައްސަސާތަކާއި، އިސްލާމީ ޔުނިވާސިޓީތަކާއި، މާލީ އިދާރާތަކާއި، އިސްލާމީ ގޮތުން ޤައުމަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ޒުވާނުން ތަމްރީނުކުރުމަށް ތަނަވަސްކަން ލިބިގެން ދިއުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޙާފިޡުންގެ ވާހަކައަށް އަލިއަޅުވާލަމުން ފާހަގަ ކުރެއްވީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޙާފިޡުން އުފެދިފައިވަނީ މި ދުވަސްވަރުގައި ކަމަށާއި، ދިވެހިރާއްޖޭގައި 322 ޙާފިޡުން މިއަދު އެބަތިބި ކަމަށެވެ. އަމާޒަކީ ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 500 އަށް އެރުވޭތޯ މަސައްކަތް ކުރުން ކަމަށެވެ.

ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިއަދު ކުރިއަށްދާ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިކަންކަން ބަޔާންކުރެވި އާ ހަރުފަތަކަށް އެކަން ގެންދަވާފަވާފަވާ ކަމަށެވެ. ޙާފިޡުންގެ އެލަވަންސް ބޮޑުކޮށްދެއްވާ މިވަގުތުވެސް 30 ރަށެއްގައި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ވަނީ ޤާއިމްކުރެވިފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި 20 ތަނެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، 58 ތަނެއް ބިނާކުރުމުގެ މަސައްކަތާއި، 30 އަށްވުރެ ގިނަ ތަންތަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމެނިފައި ކަމަށެވެ.

ad