ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ސްކޮލަޝިޕްތަކަށް ފުރުސަތު މިނިސްޓްރީ އޮފް އެޑިއުކޭޝަން ހަޔާރ، އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވޮލޮޕްމެންޓުން ހުޅުވާލުމެވެ. ހައި އެޗީވާސް ސްކޮލާޝިޕާއި، ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިާއިރި، މި ދެ ސްކޮލާޝިޕަށް ވެސް ކުރިމަތިލެވޭނީ މިދިޔަ އަހަރު އޭ ލެވެލް ނިންމި ދަރިވަރުންނަށެވެ. މި ދެ ސްކޯލާރޝިޕަށް ކުރިތި ލެވޭނެ ތާރީހަކީ އަންނަ އަހަރުގެ ސެޕްޓެންބަރު 30 ގެ ނިޔަލަށެވެ.
ސްކޮލަޝިޕްތަކަށް އެޕްލައި ކުރާނީ މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.
ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވޭ ދަރިވަރުން ރާއްޖޭގައި ކިޔަވާ ނަމަ ސްޓައިޕެންޑުގެ އިތުރުން 6،000ރ. ގެ އެލަވަންސެއް ދޭން މި އަހަރު ވަނީ ނިންމައިފަ އެވެ. އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން 1 މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް މި ސްކޮލަޝިޕް ލިބޭނެއެވެ. ރައީސްގެ ސްކޮލާޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާ އިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީ އަށް ވުރެ މަތީ ފާސްވާ ދަރިވަރުންނަށެވެ.
ރައީސްގެ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާ އިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީ އަށް ވުރެ މަތީ ފާސްވާ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ އެވެ.
މީގެ ކުރިން ހައި އެޗީވާސް ސްކޮލަޝިޕް ލިބެނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގައި ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާ އިން އޭ ލިބޭ ދަރިވަރުންނަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަޝިޕް ލިބޭނެ އެވެ.


