އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި މޫސާ ޢަލީ ޖަލީލަށް ތާއީދު ކުރައްވާ ކަމަށް ރާއްޖޭގެ ފްލައިބޯޑިންގެ ހުނަރުވެރިޔާ އިބްރާހީމް ހުސައިން (އިއްބަޑޭ)މިއަދު ހާމަކޮށްފިއެވެ.
ކެންޑިޑޭޓް ނަންބަރު 4، މޫސާ އަލީ ޖަލީލަށް އިއްބަޑޭ ތާއިދުކުރާކަން ހާމަކޮށް ފައިވަނީ މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައެވެ. އިއްބަޑޭއަކީ ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ރާއްޖޭގެ ފްލައިބޯޑިންގެ ހުނަރުވެރިފަރާތެކެވެ.

އޭނާ މޫސާ އަލީ ޖަލީލަށް ތާއީދުކުރިކަން ހާމަކުރި އިވެންޓުގައި، މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އާދަމް މަނިކުވެސް އެންޑޯސްކުރައްވާފައިވަނީ މޫސާ ޖަލީލެވެ.
އިއްޔެ މާލޭގެ ގިނަ ވިޔަފާރިތަކަކުންވެސް ވަނީ މާލޭގެ މޭޔަރުކަމަށް މޫސާ ޖަލީލު އެންޑޯސްކޮށްފައެވެ.

