އއ. މަތިވެރި ޓުއަރިޒަމް ޒޯން އެކެެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމަށް ތަރައްޤީކުރަން އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލީ ކަނޑައަޅާފައިވާ ޓުއަރިޒަމް ޒޯންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބިމެވެ. މިއީ މަތިވެރި ހުޅަނގު ދެކުނުން އޮންނަ ޓުއަރިޒަމް ޒޯން 1 އެވެ. މަތިވެރި ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ 47،000 އަކަފޫޓުގެ ބިމެއް ކަމަށެވެ. އަދި އެ ބިން ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަނީ 50 އަހަރުގެ މުއްދަތަކަށް ކަމަށެވެ.
މި ބިމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިއަންނަ މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބީލަމަށް ރަޖިސްޓްރީ ކުރަން ޖެހެއެވެ. ބީލަމުގެ ރަޖިސްޓްރޭޝަން ފީ އަކީ 30،000ރ އެވެ.
މި ބީލަމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހު 13:30 މަތިވެރި ކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމަށްވެސް ފުރުސަތުވަނީ ދީފައެވެ. ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 21 ޖަނަވަރީ 2027 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި މަތިވެރި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.


