ރޭ ފަތިހު ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް އެހީތެރިކަން ފޯރު ކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލި ކަމަށެވެ.
އަދި މި ހާދިސާގެ މައުލޫމާތު ރޭ ފަތިހު 4:32 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަވާ ކަމަށާއި، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 4:58 ހާއިރު ކަމަށެވެ.
މި ހާދިސާގެ ސަބަބުން 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. ޑިޒާސްޓާރ މެނޭޖްމެންޓުން ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށާއި، މި ހާދިސާއާއި ގުޅިގެން އެތަނުގައި ދިރިއުޅުނު އެއް އާއިލާ (6 މީހުން) އެހެން އެ އާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުން ކަަމަށެވެ.
އަލިފާން ރޯވި ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ އެ ހާދިސާ ހިގައިދިޔަ ގޮތް އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

.jpg&w=256&q=75)
