ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ އެންމެހާ ފަރާތްތަކަށް ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމަށް، މާލޭ ސިޓީ ކައުންސިލްގެ "މާވެހި" ޕޯޓަލް ގައި ހުރި ދަތިތައް ހައްލުކޮށްދެއްވާ، ރަށްވެހިންގެ ރަޖިސްޓަރީގައި ޖެއްސުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ފަހިކޮށްދެއްވައިފިއެވެ
ފަހި ޔޫނިއަންއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސޯޝަލް ހައުސިންގެ ގޮތުގައި އަޅާފައިވާ ފަހި ފްލެޓް / ހިޔާ ފުލެޓް / ވިނަރެސް ފުލެޓް ތަކާއި ރިއަލް އެސްޓޭޓް ކުންފުނިތަކުން އަޅާފައިވާ ފުލެޓް ތަކުގައި ދިރިއުޅުއްވާ ފަރާތްތަކުންނާއި ޖުމްލަކޮށް ހުޅުމާލެ ގައި ދިރިއުޅުއްވާ އެންމެހާ ފަރާތްތަކުން ވެސް "މާވެހި ޕޯޓަލް" މެދުވެރިކޮށް ރަށްވެހިކަމުގައި ރަޖިސްޓަރީވުމަށްޓަކައި ހުށަހެޅުއްވުމަށް ފަހި ޔޫނިއަން އިން އިލްތިމާސް ކުރާ ކަމަށެވެ
އަދި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހުރިހާ ފުލެޓް ތަކުގެ ނަންތައް "މާވެހި" ޕޯޓަލްގައި ޖެއްސެވުމުން އެ ފުލެޓެއް ހިމެނޭ ޓަވަރު އަދި ނަންތައް ވެސް ފެނިލައްވާނެ ގޮތްތައް މާލޭސިޓީ ކައުންސިލުން ވަނީ ހަމަޖައްސަވާފައެވެ.
މާވަހި ޕޯޓަލް އަކީ މާލެ ސިޓީ ކައުންސިލްގެ ޑިޖިޓަލް އިނިޝިއޭޓިވްގެ ދަށުން ރައްޔިތުންނަށް ޒަމާނީގޮތެއްގައި އަދި ޑިޖިޓަލްކޮށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދީ، ވީހާވެސް އަވަހަށް ހައްލުތައް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ގާއިމްކުރައްވާފައިވާ ޕޯޓަލްއެކެވެ.

.jpg&w=256&q=75)
