logo

500 މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ސެންޓަރެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ކ. ހިންމަފުށީގައި އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގެ އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ އަމާޒަކީ އެ ސެންޓަރުގެ އަމަލީ މަސައްކަތް ފަށާތާ ދޮޅު އަހަރުގެ ތެރޭގައި ނިންމުން ކަމަށެވެ. ވާހަކަ ދައްކަވަމުންނެވެ.

އިހްސާން ވިދާޅުވީ ހިންމަފުށީގައި މިހާރު ހިންގަމުން އަންނަ ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ނުދާ ކަމަށެވެ.

"އެހެންވެ އެއް ފަހަރާ ފަސްސަތޭކަ މީހުންނަށް ފަރުވާ ދެވޭ ވަރުގެ، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ވަރުގެ ސެންޓަރެއް އެތަނުގައި ހެދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ. "އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސް ވެސް ހުރީ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭ ހާލަތެއްގަ އެއް ނޫން. އެހެންކަމުން އެ ދެ ތަންވެ ސް ޒަމާނީ ގޮތަށް ބަދަލުކޮށް ޚާއްސަ ފަރުވާ ދެވޭނެ ސެޓަޕެއްގެ މަސައްކަތް ވެސް އެބަ ކުރަން."

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލަ އެވެ.

އެހެންވެ ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މިހާރު ރިހެބިލިޓޭޝަން ސެންޓަރުތަކެއް އަންނަނީ ހިންގަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި އާ ސެންޓަރުތަކެއް ހުޅުވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ad