logo

އިންޑޮނޭޝިއާގެ ޖަންގަލިތަކުން އަރަމުންދާ ވިހަ ދުމުން މެލޭއާއި ސިންގަޕޫރުގެ ވައި ތަޣައްޔަރުވެ ނުރައްކާ ބޮޑުވެއްޖެ

ދިވެހި ޗެނަލް
ދިވެހި ޗެނަލް
4 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ޖަންގަލިތަކުން އަރަމުންދާ ވިހަ ދުމުގެ ސަބަބުން އަވައްޓެރި މެލޭޝިއާއާއި ސިންގަޕޫރުގެ ވައި ތަޣައްޔަރުވެ، އެ ދެ ގައުމުގެ ރައްޔިތުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއްޖެއެވެ.

ކަލިމަންތާން، ޕަޕުއާ އަދި ސުމަތުރާގެ ޖަންގަލިތަކުގައި ފެތުރެމުންދާ މި އަލިފާންގަނޑު މައިތިރިކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވަނީ، ޕާމް އޮއިލް އުފެއްދުމުގެ ބޭނުމުގައި ގަސްތައް ކަނޑައި ބިން ސާފުކުރުމުގެ އިތުރުން، "އެލް ނީނޯ" ގެ ސަބަބުން އުފެދިފައިވާ މޫސުމީ ހަނަފަސްކަމާ ހެދިއެވެ.

undefined

މި ހަނަފަސްކަމުގެ ތެރޭގައި 1.9 މިލިއަން ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައިގެން ގޮސްފައިވާއިރު، މި ކާރިސާއާ ދެކޮޅަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ 72،000 އޮފިޝަލުންނާއި 2،100 އަށްވުރެ ގިނަ ޑޮކްޓަރުން ނެރެ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި 5.3 މިލިއަން މާސްކު ފޯރުކޮށްދީފައެވެ.

ދުމުގެ އަސަރު ބޮޑުވެ ރައްޔިތުންގެ ޝަކުވާތައް އިތުރުވަމުން ދިއުމާ ގުޅިގެން، މިއަލިފާނުގެ ޒިންމާ އުފުލަންޖެހޭ ވިޔަފާރިތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ވަރުގަދަ އިންޒާރެއް ސިންގަޕޫރުން ވަނީ ދީފައެވެ.

އެހެންނަމަވެސް، މި ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން އިންޑޮނޭޝިއާއިން ވަނީ ސިންގަޕޫރަށް ފޮނުވާ ގޭހުގެ އަދަދު ދަށްކޮށް، ދެ ގައުމުގެ ސިޔާސީ ގުޅުމަށް ހިޔަނިއެޅޭ ފަދަ ނިންމުމެއް ނިންމާފައެވެ.

އަނެއްކޮޅުން، މެލޭޝިއާގެ ރައްޔިތުން ވެސް ދަނީ އިންޑޮނޭޝިއާގެ މުދާ ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެހެން ނަމަވެސް، މެލޭޝިއާ ސަރުކާރުން އިސްކަންދެނީ ދެގައުމުގެ ގުޅުން ނުގެއްލޭނެހެން، ވާހަކަދައްކައިގެން މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށެވެ.

ad