ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، ރާއްޖޭގެ އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިޢުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން ބީސީސީއިން އިންތިޒާމްކުރާ މި މައުރަޒުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ފަނޑިޔާރުކަމުގެ ޝަރުތުތަކުގެ ތެރޭގައި އެ މައުރަޒުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 21 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި ކުރިމަތިލާ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މައުރަޒުގެ އެއްވެސް ގިންތިއެއްގައި ވާދަކުރާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން، ވާދަކުރާ ފަރާތަކާ އާއިލީ ނުވަތަ ވިޔަފާރީގެ އެއްވެސް މަސްލަހަތެއް އޮތް ފަރާތަކަށް ވެގެން ނުވާނެކަމަށް ބީސީސީއިން ވަނީ ބަޔާން ކޮށްފައެވެ..
ހޮވުމުގައި ބަލާނެ މިންގަނޑުތައް ކަމަށް ކަނޑައަޅާފައިވަނީ ފަނޑިޔާރުން ހޮވުމުގައި އެ ފަރާތެއްގެ ތަޢުލީމީ ސަނަދުތަކަށާއި، ދާއިރާގައި މަސައްކަތްކޮށްފައިވާ މުއްދަތަށާއި، ކަމާގުޅޭ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލާނެއެވެ. އަދި މީގެ ކުރިން މިފަދަ މައުރަޒުތަކުގައި ފަނޑިޔާރުކަން ކޮށްފައިވާ ތަޖުރިބާއަށްވެސް އިސްކަންދެވޭނެއެވެ. ފަނޑިޔާރުކަން ކުރާ ފަރާތްތަކަށް ބީސީސީއިން ކަނޑައަޅާ އުޞޫލެއްގެ މަތިން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސުންގަޑި: 26 އޮގަސްޓު 2026، މެންދުރުފަހު 15:00 ގެ ކުރިން ކަމަށާއި މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ، ވަނަވަރު، އައިޑީ ކާޑު ކޮޕީ، ސަނަދުތައް އަދި ތަޖުރިބާ އަންގައިދޭ ލިޔުންތަކާއެކު އަށް އީމެއިލް ކުރެއްވުމަށް ބީސީސީއިން ވަނީ އެދެއެވެ..

.jpg&w=256&q=75)
