logo

އިޓަލީގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި، ވަޒީރު ސައީދު ބައިވެރިވެވަޑައިގެންފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
10 ގަޑިއިރު ކުރިން

ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ޓެކްނޮލޮޖީ އަދި އާ އީޖާދުތަކުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތުތައް ފަހިވެފައިވާކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރައްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ އިޓަލީވިލާތުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޙަފުލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. undefined ވަޒީރު ސަޢީދުގެ ވާހަކަފުޅުގައި، ރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ބަދަހި ގުޅުމަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމުގައި އިޓަލީވިލާތުން ވެދީފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުން ދެޤައުމުގެ ގުޅުން ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ޓެކްނޮލޮޖީ އަދި އާ އީޖާދުތަކުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. ވަޒީރު ވަނީ، ވ. އަތޮޅުގައި ހިނގި ހިތާމަވެރި ޑައިވިންގ ހާދިސާއަށް އިޝާރާތްކުރައްވައި، މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވަމުން ދަނިކޮށް ފުރާނަ ގެއްލުނު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހަނދާން އައުކުރައްވައި، އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. undefined

އަދި އެ ދަތި އުނދަގޫ ދަނޑިވަޅުގައި އިޓަލީ ސަރުކާރާއި އެޤައުމުގެ ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމާއި ކުލުނު ފާހަގަކުރައްވައި، އެފަރާތްތަކުން ވެދެއްވި އެހީތެރިކަމަށް ވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މި ޙަފުލާއަކީ ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ގާތް ގުޅުން އަލުން ކަށަވަރުކޮށްދީ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

undefined

ad