logo

ކުރިއަށް އޮތް ހަފުތާގައިވެސް ރާއްޖެއަށް ވިއްސާރަ ކުރާނެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ވެސް އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ވައވައި އެނބުރި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

ކަނޑއާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓް އާއި އެއްފޫޓްގައެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެލްނީނޯގެ އަސަރު ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ހާމަކޮށްފައެވެ.

މި ބަދަލުގެ ސަބަބުން ދުނިޔޭގެ ހޫނުމިން އާދައިގެ މިންވަރަށްވުރެ މައްޗަށް ދިއުމާއެކު، ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ވާރޭވެހުމުގެ ނިޒާމަށް ބަދަލުތައް އައިސް، ފެންބޮޑުވުމާއި ހަނަފަސްކަމުގެ ނުރައްކާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ

މިދިޔަ މަހުގެ ސެޕްޓެމްބަރު މަހު އެލްނީނޯގެ ބާރު އިތުރަށް ގަދަވެ، ނިނޯ 3.4 ގެ އިންޑެކްސް +2.1 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވެއެވެ.

ad