logo

ދިވެހި އުފެއްދުންތެރި ކަމުގެ މައުރަޒްގައި 4000 އަށް ވުރެ ގިނަ އައިޓަމް ބައިވެރި ކޮށްފައިވޭ: ވަޒީރު ސަޢީދު

މަރްޔަމް
ދުވަހެއް ކުރިން
މިނިސްޓަރ މުޙައްމަދު ސަޢީދު

މިނިސްޓަރ މުޙައްމަދު ސަޢީދު

ދިވެހިންގެ އުފެއްދުން ތެރި ކަމުގެ މައުރަޒު 2026 ގައި 4000 އަށް ވުރެ ގިނަ އުފެއްދުންތައް ބައިވެރި ކުރެވިފައިވާ ކަމަށް އިޤްތިސާދާ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލް އަށް ރޭ ދެއްވި ބަސްދީ ގަތުމެއްގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިފަހަރުގެ މި މައުރަޒްގައި 4000އަށްވުރެ ގިނަ އައިޓަމް ބައިވެރި ކުރެވިފައިވާ ކަމަށާއި އެއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުން ގެ ރެޕްރެސެންޓޭޝަން ކަމށެވެ. އަދި މީގެ އިތުރުން މިފަހރު މި މައުރަޒްގައި ބައިވެރި ކުރާ ތަކެތީގެ އިތުރުން މިހާރު ވިޔަފާރިއަށް ނެރެފައި ހުރި ތަކެތި މާކެޓް ކުރާ ކްރިއޭޓިވް އިކޮނޮމީގެ ޑިސްޓްރިކަޓަކާއި ޑިޖިޓަލް އިކޮނޮމީގ ޑިސްޓްރިކްޓް އަކާއި މުނިފޫހި ފިލުވުމާއި ކުޅިވަރުގެ ޑިސްޓްރިކްޓެއްގެ އިތުރުން އިންޓަނޭޝަނަލް އަދި ވިޒިޓަރ އިކޮނޮމީގެ ޑިސްޓްރިކްޓެއްވެސް ހެދިފައިވާ ކަމަށް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިއަހަރުގެ އެކްސްޕޯއަށް ވަރަށް ގިނައަދަދެއްގެ މީހުން ޒިޔާރަތް ކުރަމުން ދާ އިރު މިމަހުގެ 24ވަނަ ދުވަހުގެ ރޭ މި އެކްސްޕޯގެ ބައިވެރިންގެ ތެރެއިން ވަނަ ވަނަ އަށް އައި ފަރާތް ތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވަފައެވެ. މި އެކްސްޕޯ ރަސްމީ ކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ad