logo

ޔޫއޭއީގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ އޮންލައިން ސެމިނާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
21 ގަޑިއިރު ކުރިން

ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން ދިވެހި ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްޞަ "ވާޗުއަލް އިންވެސްޓްމަންޓް ސެމިނާ" އެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާލޭގައި ހުންނަ ޔޫއޭއީގެ އެމްބަސީއާ ގުޅިގެން އިންތިޒާމުކުރާ މި ސެމިނާގެ މަޤްޞަދަކީ، ޔޫއޭއީގެ މާކެޓަށް ވަދެވޭނެ މަގުތަކާއި، އެ ޤައުމުގައި ހުރި ވިޔަފާރީގެ ތަފާތު ފުރުޞަތުތައް ދިވެހި ވިޔަފާރިވެރިންނަށް ތަޢާރަފުކޮށްދިނުމެވެ.

މި ސެމިނާގެ ތެރެއިން ޔޫއޭއީގެ އިންވެސްޓްމަންޓް މާޙައުލާއި، އެންމެ އިސްކަންދޭ ދާއިރާތަކާއި، އިންވެސްޓަރުންނަށް ލިބިދޭ އެކިކަހަލަ އިނާޔަތްތަކުގެ އިތުރުން 'ގޯލްޑަން ވިސާ' ޕްރޮގްރާމާ ބެހޭ ފަންނީ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.

މި އޮންލައިން ސެމިނާ އޮންނާނީ 25 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ad