މާރާމާރީ ހިންގި މީހަކު ހައްުޔަރުކޮށްފިއެވެ
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓަށް އެމީހާ ހާޒިރުކުރުމުން 15 ދުވަސް ވަންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން ފުލުހުންގެ ފަރާތުން ތުހުމަތުކުރެވޭ މިންވަރަށް އެ މައްސަލައިގައިވަނީ ހެކި ހުށަހަޅާފައެވެ، އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ބަންދުގައި ބެހެއްޓުމަށް ނިންމީ ކަމަށް ވެސް އަމުރުގައިވެއެވެ.
މި މައްސަލައާއި ގުޅިގެން އެ އަމުރުގައި އިތުރަށް ބުނެފައިވަނީ ސީނަށް ދިޔަ ފުލުހުންގެ ކައިރީގައި އޭނާ މާރާމާރީ ހިންގާފައިވާކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.


