logo

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
42 މިނިޓު ކުރިން

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ހުވަދު އަތޮޅަށެވެ. ސަމާލު ނެރެފައިވަނީ މިރޭ 20:00އާ ހަމައަށެވެ.

މެޓުން ބުނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި، ވައި ގަދަވާނެކަމަށެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއަދު ހެނދުނު ދެކުނުގެ އަތޮޅުތަކަށްވެސް ހުދު ސަމާލު ނެރެފައިވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވޭ .

ރާޅުގެ އުސްމިން ހުންނާީ 5 ފޫޓް އާއި 2 ފޫޓް ގަ ކަމަށެވެ.ހުދު ސަމާލު ނެރެފައިވާތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އަދި އެހެން ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ad