logo

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 2.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 2.3 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) މާލީ ވުޒާރާއިން ވިއްކައިފިއެވެ.

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އިން ހާމަކުރި ގޮތުގައި ޖޫންމަހުގެ އެއް ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް 780 މިލިއަން ރުފިޔާގެ ޓީ ބިލަކާއި، އޮގަސްޓް މަހުގެ 10 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް 55 މިލިއަން ރުފިޔާގެ ޓީ ބިލެއް އަދި ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އަނބުރާ ދެއްކުމަށް 291.7 މިލިއަން ރުފިޔާގެ ޓީ ބިލެއްގެ އިތުރުން 2027 މެއި މަހުގެ ތިންވަނަ ދުވަހުގެ އަނބުރާ ދެެއްކުމަށް 1.2 ބިލިއަން ރުފިޔާގެ ޓީ ބިލެއް ވަނީ ވިއްކާފައެވެ.

މި ފަހަރު ސަރުކާރުން ވިއްކާލުމަށް ހުޅުވާލި ޓީބިލްތަލުގެ އިންޓްރަސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

ޓީ-ބިލްއަކީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އާމްދަނީ ހޯދުމުގެ ގޮތުން ވަކި އިންޓަރެސްޓް ރޭޓެއްގައި، ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ.

ad