logo

ބައި ގަރުނަށްވުރެ ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ހަލީމް ގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
21 ގަޑިއިރު ކުރިން

ކުރީގެ 6 ރައީސުންގެ އަރިހުގައި، ބައި ގަރުނަށްވުރެ ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ހަލީމް ގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ ދަންނަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލުކުރަައްވައިފައިވާ، މ. ފަތްކޯނި، އިބްރާހީމް ޙަލީމް އަވަހާރަވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

އަދި ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިޚުލާޞްތެރި ޚިދުމަތުގެ ބޮޑުބަޔެއް މަރްޙޫމް އިބްރާހީމް ޙަލީމް ހޭދަކުރެއްވީ މުލީއާގޭގަައި ކަމަށާއި،ަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތްކޮށްދެއްވައިފައިވާ ކަމަށެވެ.

މާތްﷲގެ ތަނަވަސް ރަޙްމަތުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލަހައްޓަވުމަށް އެދި ދުއާ ކުރާ ކަމަށެވެ.

ad