އިސްލާމީ މަޒުހަބުތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު ޝަހީމް އެފަދައިން ވިދާޅުވީ، އީރާނުގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ އިލްމުވެރީން ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ބަހުސްތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ވަޒީރު ވިދާޅުވީ ސުންނީ، ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
"ދިވެހީންނަކީ އިސްލާމްދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބިބައެއް. ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ އިންޝާ ﷲ." ޝަހީމް ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ތަފާތު އަގީދާތަކާ ގުޅޭ އިލްމީ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް ވަޒީރު އެދިވަޑައިގަތެވެ.
ދިވެހިންނަކީ އިސްލާމްދީނުގެ މެދުމިން އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާ ދެމިއޮންނާނެ ކަމަށާއި، އެ އަސާސް ދެމެހެއްޓުމަށް އިލްމުވެރިންނާއި ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އިލްތިމާސްކުރަން. އަދި ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަންވެސް އިލްތިމާސްކުރައްވާފައިވެއެވެ.
އިތުރަށް ވަޒީރު ވަނީ ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. ދީނީ ފިކުރުގެ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލުމަށް ދުޝްމަނުން ކުރާ މަސައްކަތްތަކާމެދު ސަމާލުވެ ތިބެންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވަައިލައްވަމުން ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަނުދެއްކުމަށް ނަސޭހަަތްތެރިވެވަޑައިގެންފައިވެއެވެ.

