ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި އަގުތައް އެއްވަރެއްގައި ހިފަހެއްޓި މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ ތިޔާގިވެއްޖެއެވެ.
ބާޒާރުމަތީގެ އަގުތަކަށް ބަލާއިރު، އަނބު ކިލޯއެއް – 60/90 ރުފިޔާ، ކަރާ ކިލޯއެއް - 20/25 ރުފިޔާ، ކުއްޅަވައް ކިލޯއެއް - 120 ރުފިޔާ، ކުރުނބަލެއް - 30/60 ރުފިޔާ، އަލަނާސި - 60 ރުފިޔާ، އާފަލެއް -6 ރުފިޔާ، އޮރެންޖެއް - 9 ރުފިޔާއަށެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހުވެސް މާރުކ ޭޓް ތިޔާގިވެއެވެ. ނަމަވެސް މަސް ފެށޭ އިރު ބާޒާރުގެ އަގުތަކުގަ ހުންނަ އަދަދު މަހުގެ ފަހުކޮޅުން ބަދަލު އާދެއެވެ.
ރޯދަމަހުގެ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އާންމުކޮށް ކައްކަން ގަންނަ ބާވަތްތަކާއި، ފަނިގިރަން ގަންނަ ބާވަތްތަކުގެ ތެރޭގަ ކަރައާއި ކުރުނބާ ހިމެނެއެވެ. އަދި މިރުހަކީވެސް ބާޒާރުގައި ވަރަށް ބޮޑަށް ޑިމާންޑް ބޮޑު ބާވަތެކެވެ. ކޮންމެ ރޯދަމަހަކުވެސް އެކަށީގެންވާ ވަރަށް ކަރަލާއި، އަދި ބޭނުންވާ ބައެއް ބާވަތްތައް ނުލިބޭފަހަރުވެސް އާދެއެވެ. އާންމުކޮށް ދިވެހިން ބޭނުންވަނީ ދިވެހި އުފެއްދުންތައް ބާޒާރުން ލިމެން ހުންނާށެވެ. ނަމަވެސް ރާެއްޖެއަށް ތަރުކާރީއާއި މޭވާ އެންމެ ގިނައިން ގެންނަނީ ރާއްޖޭން ބޭރުންނެވެ. އެހެންނަމަވެސް މިހާރު ދިވެހި ދަނޑުތަކުން އުފައްދާ ތަކެތި މާރުކޭޓުން ލިބެންހުރެއެވެ.
އާންމުކޮށް މިތަކެތި ގެންނަނީ ރާއްޖޭގެ އެކި ހިސާބުތަކުން ކަމަށްވާއިރު މިފަހަރުގެ ރޯދަ މަހުގަ ވެސް ތޮއްޑޫ ކަރަލާއި، ކަނޑޫދޫ މިރުސްހުން ވެސް މާރުކޭޓުން ވަނީ ތިޔާގި ވެފައެވެ.

