logo

ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
15 ގަޑިއިރު ކުރިން

އެޕްރީލް މަހުގެ 4 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ނަތީޖާ އެއްވަރުވެގެން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދަން ޖެހިފައިވާ ފަސް ގޮނޑީގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

އިލްކްޝަން ކޮމިޝަނުން ބުނީ މިއަދު ކުރިއަށްގެންދާ ދެ އިންތިހާބުގެ އިތުރުބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އިތުރުބުރުގައި ބެހެއްޓިފައިވާ ހުރިހާ މަރުކަޒެއްގެ ވޯޓުލުން މިހާރު ފެށިފައިވާ ކަމަށެވެ.

ދެވަނަ ބުރަކަށް ވޯޓް ލަނީ ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑި އަދި އަންހެނުންގެ ކޮމިޓީގެ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑިއަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި އާއި ފުވަމުއްލަކު ދަނޑިމަގު ދާއިރާ އާއި ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް ގޮނޑި އާއި ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު އަދި އަމިއްލަ ކެންޑިޑޭޓެއްގެ އިތުރުން ލ. މާވަށް އަންހެނުންގެ ކޮމިޓީގެ މެންބަރު ގޮނޑިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އެ ދާއިރާތަކުގެ ދެވަނަ ބުރުގެ ބޯޓްލުން ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހަވީރު 4:00 އާ ހަމައަށެވެ.

ad