ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގައިފިއެވެ.
ފުލުހުން ބުނީ ކ. ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 އެޕްރީލް 13 ވަނަ ދުވަހުގެ ދަންވަރު 01:18 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ވަނީ ނިއްވާލާފަވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ކ. ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެވިފަ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ހާދިސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުުހުން ވަނީ ބުނެފައެވެ.


