ސޯޝަލް މީޑިއާގެ ޕްލެޓް ފޯމްތަކުގައި ދިނަށް ފުރައްސާރަ ކުރަމުންދާ އާމިރު (ބޫގާ) ފުލަށް ހާޒިރުވުމަށް އަންގައިފިއެވެ.
ފުލުހުން ބުނީ އަޙްމަދު ޢާމިރު (51އ)، ހ. ފިލިކުރިގެ / މާލެ ހޯދަން އިއުލާނުކުރީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުންދާތީ ކަމަށެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައެެއްވެސް އޭނާގެ މައްޗަށް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލައިގެ އޭނާ ތަހުގީގަށް ހާޒިރުކުރަނީ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. އެހެންކަމުން ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް ހާޒިރުވާން ޖެހޭނީ 2026 މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށް ކަމަށެވެ.
މި މައްސަލަތަކާއި ގުޅިގެން ފުލުހުން ދަނީ މި ކަން ތަހުގީގު ކުރަމުން ކަމަށާއި، ނަމަވެސް ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި މިފަދަ ވަރަށް ގިނަ މައްސަލަތައް ތަކްރާރުވެއެވެ. ޖިނާއީ ބޮޑިތި މައްސަލަތަކާއި، ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ވެސް ވަރަށް ބޮޑަށް ފެންމަތިވެ ފުލުހުން އެފަދަ ފަރާތްތަކަށް ފިޔަވަޅުވެސް ވަނީ އަޅާފައެވެ.

