logo

އެމްޕީއެލް ޕޯޓްތަކުގެ ހިދުމަތްތައް މެދުކަނޑާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

އަޟްހާ އީދު ދުވަހާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓުތަކުން ދެމުންގެންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެމްޕީއެލުން ބުނީ މި ނިންމުމަކީ އީދު ބަންދާ ދިމާކޮށް ބަނދަރުގެ އޮޕަރޭޝަންތަކަށް ގެންނަ ވަގުތީ ބަދަލެއް ކަމަށާއި، އަދި މިއީ ކޮންމެ އަހަރަކުވެސް އީދު ބަންދާ ދިމާކޮށް އެ ކުންފުނިން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ.

މި ގޮތަށް މެދުކަނޑާލަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. ދެ ދުވަހުގެ މެދުކަނޑާލުމަކަށް ފަހު، އެމްޕީއެލްގެ ހިދުމަތްތައް އާންމު އުސޫލުން އަލުން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 7:30 ގަ އެވެ.

މި ދެ ދުވަހުގެ މުއްދަތުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ދެމުންގެންދާ އެންމެހާ އޮޕަރޭޝަނަލް ހިދުމަތްތައް ހުއްޓޭނެއެވެ.

ad