logo

އެޗްއާރްސިއެމްގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ ރަނގަޅު ކުރަންޖެހޭ ކަންތައްތައް: ފުލުހުން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗ.ްއާރ.ްސ.ީއެމް) އިން ޝާއިއުކޮށްފައިވާ "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް")އެނ.ްޕ.ީއެމް( ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓަކީ ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ނެރުނު ރިޕޯޓެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއ،ި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއ،ި އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މިނިވަން މުއައްސަސާތަކުން އަދާކުރާ މުހިންމު ދައުރު އެ ހިދުމަތުން ބަލައިގަންނަ ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށ،ް ކުރިއަށްގެންދާ މޮނިޓަރިންގ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި ދެވިފައިވާ މުހިންމު އަހަންމިއްޔަތުކަން ރަންގަޅަށް ދޭހަކޮށްދޭ ކަމެއްކަމަށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ، އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫންކަމަށާއި، އަދި އެ ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެއް ކަމަށާއ،ި އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަން ފާހަގަކުރާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްމަގާއި މާނަކޮށްފައިވާ ގޮތާ މެދު އެ ހިދުމަތުން ކަންބޮޑުވާ ކަމަށެވެ. ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތ،ި މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ހަބަރު ފަތުރާފައިވާކަމަށާއި، އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވ،ެ ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެޗ.ްއާރ.ްސ.ީއެމް އާއި ކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި މި ހިދުމަތުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެ ހިދުމަތުގެ މަސައްކަތްތައް ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމުގެ ޔަގީންކަންވެސް އަރުވާ ކަމަށެވެ.

ad