ރޯދަމަހު ފިހާރަތައް ހުޅުވާފައި ހުންނާނެ ގަޑިތައް އިއިލާނުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 10 ފެބްރުއަރީ 2026 މިއަދު އިން ފެށިގެން ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަޑިތައް ކަނޑައަޅާފައިވާ ކަމަށެވެ.
10 ފެބްރުއަރީ 2026 އިން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އެވެ.
ވީމާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އާންމުކޮށް އަންގާ އިޢުލާންކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

