logo

ކަތިވަޅިއަކުން ހަމަލާދިން މީހަކު 7 އަހަރަށް ޖަލަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ކަތިވަޅިއަކުން ހަމަލާދިން މީހަކު 7 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މިއީ މީގެ ތިން އަހަރު ކުރިން ވިލިމާލެ ފެރީ ޓާމިނަލްތެރޭގައި ހިގައިދިޔަ ހަދިސާއެކެވެ. މި ހާދިސާ ހިގީ 2023 ވަނަ އަހަރު ފެބްރުއެރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ކުށް ސާބިތުވެފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.

މީނާ ގެ މައްޗަށް މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 4 އަހަރުގެ މުއްދަތެކަށެވެ.

ad