logo

މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތު ކުއިޒް 1447ގެ ނަސީބުވެރިޔާއާ އިނާމު ހަވާލުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447″ގެ ނަސީބުވެރިޔާ، ފާޠިމަތު މަޢާލް އަޙްމަދަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު 11:00ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި މަޢާލަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްހަކީމެވެ. ޒަކާތު ކުއިޒްގެ މި އަހަރުގެ އެއްވަނަ އިނާމަކީ، ދެ މީހުންގެ އުމްރާ ދަތުރެކެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ ޒަކާތު ކުއިޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން 5،000އަށް ވުރެ ގިނަ މީހުން މި ކުއިޒުގައި ބައިވެރިވެ، އޭގެ ތެރެއިން 126 މީހަކު ވަނީ ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅުކޮށްފައެވެ. އިނާމުގެ ޙައްޤުވެރި ފަރާތް ހޮވައިފައި ވަނީ، 8 އެޕްރީލު 2026ގައި، އެ 126 މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ލައިވް ގުރުއަތުލުމެއްގެ ޒަރީއާއިންނެވެ.

ad