logo

އައިޖީއެމްއެޗުން މެޑިކަލް އިންޓާންޝިޕަކަށް ހުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުން މެޑިކަލް އިންޓާންޝިޕްގެ އާ ބުރަކަށް ހުޅުވާލައިފި އެވެ.

މިއީ ޑޮކްޓަރީ ކޯސް (އެމްބީބީއެސް) ފުރިހަމަކުރުމަށްފަހު، ރަސްމީކޮށް ޑޮކްޓަރެއްގެ ގޮތުގައި ވަޒީފާއާ ގުޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. އައިޖީއެމްއެޗުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި ބުރުގައި ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 24 ޖާގައަށެވެ.

އައިޖީއެމްއެޗުން ޢާންމުކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި:

1- މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން އެމް.ބީ.ބީ.އެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުން.
2- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުން.
3- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޖިނާއީ ކުށެއްގެ ޕޮލިސް ރިކޯޑެއް ނެތް ފަރާތަކަށް ވުން ހިމެނެއެވެ.

ޑޮކްޓަރުކަން ކިޔާފައިވާ މީހުން އަމަލީ މަސައްކަތުގެ މައިދާނަށް ނުކުތުމުގެ ކުރިން މެޑިކަލް އިންޓާންޝިޕެއް ފުރިހަަމަ ކުރަން ޖެހޭ އިރު، އައިޖީއެމްއެޗަކީ ރާއްޖޭގައި މި ޕްރޮގްރާމް ފެށި ފުރަތަމަ ހޮސްޕިޓަލެވެ. މީގެ ކުރިން އާންމުކޮށް ރާއްޖޭގެ މެޑިކަލް ގްރެޖްއޭޓުން އަމަީ މައިދާނަށް ނުކުތުމުގެ ކުރިން އިންޓާންޝިޕަށް ދާން ޖެހެނީ ރާއްޖެ އިން ބޭރަށެވެ.

ނަމަވެސް ރާއްޖޭގައި މިހާރު މި މަގުފަހިވެފައި އޮތުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް އަދި ލުއެއް މެ އެވެ.

އިންޓަރންޝިޕަށް އެދޭ ފޯމު އައިޖީއެމްއެޗްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އެންއެޗްއޭ އޮފީހުން ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެންބަރު މަހުގެ 24 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ad