logo

 މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
17 ގަޑިއިރު ކުރިން

40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ 9:30 އިން 14:00 އަށެވެ.

މި ވަގުތުތަކުގައި މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެގޮތުން، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

ދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެ މުޅި ރާއްޖޭގެ ކަނޑުތައް ގަދަވެ އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެއާއެކު މަގުތަކުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައްވެސް ވަނީ ވެފައެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުން މޫސުން ރަނގަޅުވާން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

ad