ވޯލްޑް ޓްރެވަލް މާކެޓް ފެއާއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭއްވޭ އެންމެ ބޮޑު އެއް ޓްރެވަލް ޓްރޭޑް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓްގައި ބައިވެރިވުމަށް ރާއްޖެއިން ވަނީ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ.
ނޮވެމްބަރު 3 އިން 5 އަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާކެޓަށް ދައްކާލުމަށް ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) އާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ
ރާއްޖޭގެ ރިސޯޓުތައް، ގެސްޓްހައުސްތައް، ހޮޓާތައް، ލިވްއަބޯޑް (ސަފާރީ) ތަކުގެ އިތުރުން ގައުމީ އެއާލައިން ވެސް މި ފެއާގައި ބައިވެރިވެ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނެޓްވޯކް ދައްކާލާނެއެވެ
މި ފެއާގެ މަގްސަދަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި، ގުދުރަތީ ރީތިކަން ދުނިޔެއަށް ދައްކާލުމާއެކު، ބައިނަލްއަގުވާމީ ޓްރެވަލް އޭޖެންޓުންނާއި ޕާޓްނަރުންނާއެކު އައު ގުޅުންތައް ގާއިމުކުރުމެވެ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުން 46,000 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮފެޝަނަލުން ބައިވެރިވާ މި ފެއާ އަކީ ރާއްޖޭގެ ޕްރޮމޯޝަންތައް ވަރުގަދަކޮށް، ކުރިއަށް އޮތް އަހަރަށް ގިނަ ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.


