logo

އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރަން 2 ބޭފުޅެއްގެ ނަން މަޖިލީހަށް

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހަށް ހަމަވާތީ އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެ މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ދެ ބޭފުޅުންގެ ނަމެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ހ. މީނާޒު، ޝަމްއޫން ހަމީދާއި ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާޢު އަހުމަދު ނަޖީބުގެ ނަމެވެ. ސަމާޢު އަކީ މިހާރުވެސް އެޗްއާރުސީއެމްގެ މެންބަރެކެވެ. އޭނާގެ މަގާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ހަމަވާނެއެވެ. ޝަމްއޫން ހަމީދު ވަނީ މީގެ ކުރިން އެޗްއާރުސީއެމްގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވިއެވެ.

އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ޖެންޑާ އެންޑް ހިޔުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ އެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ނަގާ ވޯޓަކުންނެވެ.

ad