ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޕާޓީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުން ޝާހިދު ބޭރުކޮށްފައިވާއިރު، އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހައިފަ އެވެ.
ކުރިން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.


