ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަސްތެރޭ ދައުލަތަށް ގްރީން ޓެކްހުގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އާމްދަނީ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭ ދައުލަތަށްޖުމްލަ 1.05 ބިލިޔަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 10 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މޭ މަހު ގްރީން ޓެކުހުގެ ގޮތުގައި 204 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ މޭމަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 138 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ގްރީން ޓެކްހަށް ލިބުނީ 959 މިލިއަބް ރުފިޔާ ކަމަށްވެސް ރިޕޯޓް ތަކުން ދައްކައެވެ.
ގްރީން ޓެކްސްއަކި ރާއްޖޭގެ ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތަކަށް ކުރެވޭ ޚަރަދުން ނެގޭ އާމްދަނީ އެކެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ .ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ގައެވެ.

.jpg&w=256&q=75)
