logo

ބީއެމްއެލް "ކާނިވާ 44" ކާމިޔާބުކަމާއެކު ނިންމާލައިފި

ދިޔާމާ އިބްރާހިމް
15 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ "ކާނިވާ 44" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިމަހުގެ 11އިން 14ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ކާނިވާ ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ކާނިވަލުގައި މުނިފޫހިފިލުވުމުގެ ގޮތުން އެކި އުމުރުފުރާގެ މީހުންނަށް ހާއްސަ ހަރަކާތްތަކާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެކި ބާވަތްތަކުގެ ތަކެއްޗާއި، ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ސްޓޯލްތައް މިކާނިވާގައި ބަހައްޓާފައިވެއެވެ.

މި ކާނިވަލަށް ޒިޔާރަތް ކުރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ބީއެމްއެލް އިން ވަނީ ފަހިކޮށްދީފައެވެ. ކާނިވަލުގެ ތެރެއިން 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހަދާ ކޮންމެ ފަރާތަކަށްވެސް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. ކާނިވާ ނިންމުމުގެ ހަރަކާތުގައި ލަކީޑްރޯއިން ހޮވުނު ނަސީބުވެރި 5 ފަރާތަކަށް މެކްބުކް ނިއޯއެއް އަދި 2 ފަރާތަކަށް ބެޓެރީ ސައިކަލެއް ވަނީ ހަވާލުކޮށްފައެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިއީ ބޭންކާއި ރައްޔިތުންނާއި އޮތް ގުޅުން ބަދަހިކުރުމަށާއި ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ދިނުމަށް ބޭއްވި ކާނިވަލެކެވެ. ކާނިވާގެ މައިގަނޑު މަގުސަދަކީ އާއިލާއާއިއެކު ވަގުތު ހޭދަކޮށްލާނެ ރަނގަޅު މާހައުލެއް ގާއިމުކުރުމުގެ އިތުރުން ކުދި ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ކަމަށް ބީއެމްއެލްއިން ހާމާކޮށްފައެވެއެވެ.

ބީއެމްއެލް އިން މީގެ ކުރިންވެސް ވަނީ އެބޭންކްގެ އަހަރީ ދުވަހާ ގުޅިގެން މިފަދަ ކާނިވަލެއް އައްޑޫގައި ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސްފައެވެ.

ad