logo

ބްރެޒިލްގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ޤައުމުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ފެޑަރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، މި އިންތިޚާބުގައި ރައީސް ޑަސިލްވާއަށް، ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއް ކަމުގައި ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާފައި ވެއެވެ.

މީގެ އިތުރުން، ރައީސް ޑަސިލްވާ ޤައުމަށް ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތްތައް ފާހަގަކުރައްވައި، ކުރިމަގުގައި އިތުރު ކާމިޔާބުތައް ޙާޞިލުވުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައީސް ޑަސިލްވާއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުން، ބްރެޒިލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައި ވެއެވެ.

ad