logo

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އާޓް އެގްޒިބިޝަނެއް

ދިޔާމާ އިބްރާހިމް
14 ގަޑިއިރު ކުރިން

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މާލޭގައި އާޓް އެގްޒިބިޝަނެއް ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއިން ނިންމައިފިއެވެ.

އަންނަ ޑިސެމްބަރު މަހުގެ 6 އިން 10 އަށް ކުރިޔަށް ގެންދާ މި އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓަރީން މަޢުލޫމާތު ދެއެވެ.

މިކަމާ ގުޅޭ މާއޫލޫމާތު ހާމަކުރުމަށް އެ މިނިސްޓްރީން ނެރެފައިވާ ގެޒެޓް ގައި ބުނަފައިވަނީ 2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޑިސެންބަރު 6 އިން 10 އަށް [ސީސައިޑް ސްޓޯރީސް] ގެ ނަމުގައި މާލޭގައި އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އެގްޒިބިޝަނަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ތައްޔާރުކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މިމަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހެޅުމަށެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އެގްޒިބިޝަންގައި ހުށަހެޅޭ އާޓްވޯކް އަކީ،

  1. ކުރެހުން
  2. ކުލަޖެއްސުން
  3. ޑިޖިޓަލް އާޓް
  4. ސްކަލްޕްޗާ
  5. މިކްސް މީޑިއާ

3 ކެޓެގަރީއަކުން ބާހާލައިފައިވާ މި އާޓް އެގްޒިބިޝަންގައި ހިމެނެނީ، 12 އަހަރުން ދަށުގެ ޖޫނިއާ ކެޓެގަރީއާއި 12 އަހަރާއި 12 އަހަރުން މަތީގެ އޯޕަން ކެޓެގަރީގެ އިތުރުން ރާއްޖޭން ބޭރު ގައުމުތަކުގެ މީހުންނަށް ހާއްސަ އިންޓަނޭޝަނަލް ކެޓެގަރީއެވެ.

އަދި މި އެގްޒިބިޝަނަށް ހުށަހަޅާ ހުށަހެޅުންތައް ވާން ޖެހޭނީ ބައިވެރިވާ މީހެއްގެ އަމިއްލަ އުފެއްދުމަކަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވާ އިރު ކޮންމެ ކެޓެގަރީއަކުން 1 ވަނައަށް ދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ad